ސްރީލަންކަން އެއާލައިންސްގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއެ)ގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާގައި މޯލްޑިވްސް އެއާޕޯޓްސް ސްރީލަންކަން އެއާލައިންސްގެ އިސްވެރިން ބައިވެރިވި އެވެ.
ސްރީލަންކަން އެއާލައިންސަކީ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި 34 ވަނަ އެއާލައިނެވެ.
އެމްއޭސީއެލް އިން ހިންގާ ވީއައިއޭގެ ޓާމިނަލް ރަސްމީކޮށް ހުޅުވީ މިދިޔަ ޖުލައި 26 ގަ އެވެ.
އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.




