ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓްގައި ބައިވެރިވާން ހުޅުވާލައިފި

ކްރޮސްރޯޑްސް މޯލްޑިވްސް އިން އަންނަ ހުކުރު ދުވަހު ބާއްވާ ސްޓްރީޓް މާކެޓްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓްރީޓް މާކެޓަކީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ކޮންމެ މަހަކު އެއްފަހަރު ބާއްވާ މާކެޓެކެވެ.

މި މާކެޓްގެ ބޭނުމަކީ އެކި ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރާ ކުދި ވިޔަފާރިތައް ކްރޮސްރޯޑަށް ގެނެސް ގެސްޓުންނަށް ޕްރޮމޯޓްކުރެވޭނެ ގޮތެއް ހޯދައިދިނުމެވެ.

އެ ގޮތުން އާޓް އެންޑް ކްރާފްޓް އުފެއްދުންތަކުގެ އިތުރުން ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް ސްޓްރީޓް މާކެޓުން ލިބޭނެ އެވެ.

ދަ މެރީނާ ކްރޮސްރޯޑްސްގައި ބާއްވާ ސްޓްރީޓް މާކެޓް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:30 ން ރޭގަނޑު 9:30 އަށެވެ.

މިއީ ކްރޮސްރޯޑްސްގައި ހިމެނޭ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސްގެ އިތުރުން ކްރޮސްރޯޑްސް މެރީނާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި އުފެއްދުންތައް ދައްކާލައި އިންޓަނޭޝަނަލް މާކެޓަށް ވިއްކުމަށް ލިބޭ ފުރުސަތެކެވެ.

މި މާކެޓްގައި އުފެއްދުންތައް ވިއްކުމަށް އެއްވެސް ފީ އެއް ކްރޮސްރޯޑްސް މޯލްޑިވްސް އިން ނުނަގަ އެވެ. ސްޓޯލްތަކަށް ގެންނަން ބޭނުންވާ ސާމާނު ކްރޮސްރޯޑްސްގެ ސަޕްލައި ދޯނީގައި ގެނެސްދޭއިރު ކޮންމެ ސްޓޯލަކުން އެކަކަށް ހިލޭ މާލެ ކްރޮސްރޯޑްސް ޓްރާންސްފާ ލިބޭނެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އިން އިއްޔެ ބޭއްވި ސްޓްރީޓް މާކެޓަށްވެސް ބޮޑު ތަރުހީބެއް ލިބުނުއިރު އިއްޔެ މާކެޓްގައި ކާބޯތަކެތި ވިއްކާ ފަރާތްތަކުންނާއި ހީނާ އާޓިސްޓުން ބައިވެރިވި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ "ސްޓްރީޓް މާކެޓް" ގައި އުފެއްދުންތައް ވިއްކުމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އަދި ސްޓޯލް ބުކްކުރުމަށް ކްރޮސްރޯޑްސްގެ ހޮޓްލައިން 6651200 ނުވަތަ 7307000 އަށް ގުޅުމުން ލިބޭނެ އެވެ. އަދި 7307000 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *