އޫކްލާ އެވޯޑްސްއިން ދިރާގުގެ 5ޖީ ހިދުމަތައް 3 އެވޯޑް

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް" އެވޯޑާއި "ބެސްޓް 5ޖީ ނެޓްވޯކް" އެވޯޑާއި "ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް" އެވޯޑު މި އަހަރުގެ ކުއާޓާ 1 އަދި ކުއާޓާ 2 ދިރާގަށް ލިބިއްޖެ އެވެ.

ދިރާގުން ހޯދި މި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ގޮތުން 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73 ޕަސެންޓަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފަ އެވެ.

ކަނެކްޓިވިޓީ އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އޫކްލާއިން، ސްޕީޑްޓެސްޓް، ޑައުން ޑިޓެކްޓާ، އެކަހައު، އަދި ރޫޓްމެޓްރިކްސް މެދުވެރިކޮށް، ނެޓްވޯކް އަދި ކަނެކްޓިވިޓީއާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެ އެވެ.

މި މައުލޫމާތުތަކުގެ އެހީގައި، ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އަމަލީ ގޮތުން ބޭނުން ކުރެވޭ ފަދަ މައުލޫމާތުތަކަށް ބަދަލުކޮށްދެ އެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް" ވިދިވިދިގެން ތިން އަހަރު ހޯދައި އަދި "ފާސްޓަސްޓް 5ޖީ ނެޓްވޯކް" ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފަ އެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *