ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު އެއް އައުންސް ރަނުގެ އަގު 4،610.83 ޑޮލަރަށް އުފުލުނެވެ. މިއީ ރަނުގެ އަގު މިހާބޮޑުވި ފުރަތަމަ ފަހަރެވެ.
ރަނުގެ އަގުގެ އިތުރުން ރިހީގެ އަގުވެސް އުފުލުނެވެ. އެ ގޮތުން ރިހީގެ އަގު 6.8 ޕަސެންޓް އުފުލި އެއް އައުންސް ރިހީގެ އަގު 85.50 ޑޮލަރަށް އެރި އެވެ. މިއީ ރިހީގެ އަގުވެސް މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.
މާހިރުން ވިދާޅުވާ ގޮތުން ދުނިޔޭގެ މާލީ އަދި ސިޔާސީ މަޝްރަހުގެ އިތުރުން ޖިއޯޕޮލިޓިކްސްގެ ސަބަބުން ރަނާއި ރިހީގެ އަގަށް އަސަރުކުރެ އެވެ. އެ ގޮތުން އީރާނާއި ވެނެޒުއޭލާގެ ހާލަތާމެދު މާހިރުން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ.




