ޓޫރިޒަމްގެ އާ ރެކޯޑެއް، ހޮނިހިރު ދުވަހު 11،000އަށް ވުރެ ގިނަ ފަތުރުވެރިން

އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ރާއްޖެއަށް އިއްޔެ 11،136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި ރެކޯޑް، މި މަހު ތިން ވަނަ ފަހަރަށް މުގުރާލި ފަހަރެވެ.

މިމަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 10،253 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިމަހުގެ 8 ވަނަ ދުވަހު 10،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ 10، 2024 ގަ އެވެ. އެ ދުވަހު 10،213 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 349،990 ފަތުރުވެރިން އައިސްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *