ޗައިނާއިން ބައިލައްކަ ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން އަހަރުގެ މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާއިން 54،172 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 369،407 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޗައިނާ ފަތުރުވެރިންގެ ހިއްސާއަކީ 14.7 ޕަސެންޓެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 54,172 ފަތުރުވެރިން
ރަޝިއާ – 41,708 ފަތުރުވެރިން
އިޓަލީ – 36,418 ފަތުރުވެރިން
އިނގިރޭސިވިލާތް – 34,603 ފަތުރުވެރިން
ޖަރުމަނު – 22,494 ފަތުރުވެރިން
އިންޑިއާ – 13,450 ފަތުރުވެރިން
ފްރާންސް – 12,902 ފަތުރުވެރިން
އެމެރިކާ – 10,103 ފަތުރުވެރިން
ޕޮލެންޑް – 9,314 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 7،863 ފަތުރުވެރިން

ފަތުރުވެރިންގެ ތެރެއިން 364,838 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މާފަރު އެއާޕޯޓުން 1,277 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1,211 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,011 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން މާމިގިލި އެއާޕޯޓުން 704 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 365 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 251,952 ފަތުރުވެރިން
ހޮޓެލްސް – 10,411 ފަތުރުވެރިން
ގެސްޓްހައުސް – 99,018 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 7,607 ފަތުރުވެރިން
އެހެނިހެން – 419 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 911 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،011 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *