ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 7.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިއީ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ އިތުރުން ލޯނު ދެއްކުމަށް ކުރި ހޭދަ އާއި އިންވެސްޓްމެންޓްސް އަދި ލެންޑިންގްސް ހިމެނޭ ގޮތަށް މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 8.9 ބިލިއަން ރުފިޔާގަ އެވެ.
ރިކަރަންޓް ހަރަދު މި އަހަރު 6 ބިލިއަން ރުފިޔާގައި ހުރިއިރު ކެޕިޓަލް ހަރަދު ހުރީ 549.7 މިލިއަން ރުފިޔާގަ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް 798.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އާމްދަނީގެ ގޮތުގައި މި އަހަރު 8.6 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 7.8 ބިލިއަން ރުފިޔާ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަޖެޓް ޕްރައިމަރީ ބެލެންސް ހުރީ މި އަހަރު ހުރީ 2.6 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ. އަދި އޯވައޯލް ބެލެންސް ހުރީ 2 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ.




