އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އިތުރު ސިފައިންނާއި މަނަވަރު ފޮނުވަން އެމެރިކާއިން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ ސިފައިންގެ ފައުޖު ވަރުގަދަ ކުރުމަށް 4،000 މެރިން ސިފައިންނާއި ފަޅުވެރިންނާއެކު ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް އެމެރިކާ އަސްކަރިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާއިން ފޮނުވާ ފައުޖުގައި އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކާއި މިސައިލާއި އެއްގަމު މަގުން ހަމަލާ ދިނުމަށް ބޭނުންކުރާ އުޅަނދުތައް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މި ރިޕޯޓު އާންމުކޮށްފައި މިވަނީ ދާދި ފަހުން އެމެރިކާގެ 2,500 މެރިން ސިފައިންނާއި "ޔޫއެސްއެސް ޓްރިޕޮލީ" ނަމަކަށް ކިޔާ ހަނގުރާމަމަތީ މަނަވަރު މެދުއިރުމައްޗަށް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.




