އީރާންގެ ހަމަލާގައި އިޒްރޭލުގެ 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ

އީރާނުން އިޒްރޭލަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

މި ހަމަލާތައް އަމާޒުވީ އިޒްރޭލުގެ ދެކުނުގައި އޮންނަ ދިމޯނާ އާއި އަރާދަށެވެ.

އިޒްރޭލުން ބުނި ގޮތުގައި މި ހަމަލާ އަމާޒުވީ އީރާނުގެ ދެ ބެލެސްޓިކް މިސައިލް ހުއްޓުވުމުގައި ނާކާމިޔާބުވުމުންނެވެ.

އަނިޔާވި މީހުންގެ ތެރެއިން 11 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް އިޒްރޭލުން ބުންޏެވެ.

އީރާނުގެ ހަމަލާގައި ގެއްލުންވި އިމާރާތްތަކެއްގެ ފޮޓޯތައް އިޒްރޭލުން ވަނީ އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތައް ބިމާ ހަމަވެފައިވާއިރު ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މީގެ އިތުރުން ހަމަލާގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި މީހަކު އޮތްތޯ ހޯދުމުގެ މަސައްކަތްވެސް އިޒްރޭލުން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *