އެސްޓީއޯއިން ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސްފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ގޭހުގެ އައު ޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މިކަމުގައި ހާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއަށް ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރޭ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *