ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބަލަނީ

އޮޔާދިޔަ ދެ ބޯޓު ސިނަމާލެ ބުރިޖުގައި ޖެހި ހިނގި ހާދިސާއާ ގުޅިިގެން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބަލަން ފަށައިފި އެވެ.

މި ބޯޓުތައް އޮޔާ ދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެންނެވެ. ރޭ ހިނގި މި ހާދިސާގައި އެ ދެ ބޯޓު ވަނީ ސިނަމާލެ ބުރިޖުގެ ސްޕަ ސްޓްރަކްޗާގެ މައި ތަނބެއްގައި ޖެހިފަ އެވެ.

ބުރިޖުގެ އިިންސްޕެކްޝަން ފަށާފައިވާއިރު، ބަލަންޖެހޭ ކަންކަން ބަލައި ނިމުމުން އޭގެ ތަފުސީލު ހާމަކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފަ އެވެ.

ބުރިޖުގެ އިންސްޕެކްޝަން މަސައްކަތް ކުރަނީ އެ ބުރިޖު ތަރައްގީކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޯޓަކީ ކަސްޓަމްސްޓަމުން ހިފަހައްޓާފައިވާ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *