ކޮންމެ ދުވަހަކު 2.7 މިލިއަން ޑޮލަރު މިދަނީ ވިއްކަމުން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެވަރެޖްކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ވިއްކާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގުތިސާދުގެ ދެފަރާޓް" ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ، މުހައްމަދު ސައީދު ވިދާޅުވީ އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެގޮތުން ކާޑު މުއާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިއަން ޑޮލަރު ދޫކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *