ޑޮލަރު އާމްދަނީ 976 މިލިއަނަށް

ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 976.6 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު 898.2 މިލިއަން ޑޮލަރަށްވުރެ 78.4 މިލިއަން ޑޮލަރު — 8.7 ޕަސެންޓް އިތުރުވުމެކެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 468.4 މިލިއަން ޑޮލަރު ލިބުނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 121.1 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 77.6 މިލިއަން ޑޮލަރު ލިބުނެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 78 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 78.9 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 88 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *