މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ދެ ބޯޓު ގަތުމަށް އެއްބަސްވެއްޖެ

ކެނެޑާގެ މަޝްހޫރު ޑި ހެވިލަންޑް ކުންފުންޏާއެކު ޓްވިން އޮޓަރ މަރުކާގެ އެންމެ ފަހުގެ ދެ ސީޕްލޭން ގަތުމަށް މޯލްޑިވިއަން އިން ސޮއިކޮށްފި އެވެ.

ގައުމީ އެއާލައިން ހިންގާ ކުންފުނި — އައިލެންޑް އޭވިއޭޝަންބ ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިން އޭޝިއާ ޕެސިފިކް އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް ސޭލްސް، ޔޮގޭޝް ގާގް އެވެ.

ޑި ހެވިލަންޑް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ "ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތައް ރާއްޖެއަށް ގެންނަ މިއީ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން ޓްވިން އޮޓަރ އޮޕަރޭޓްކުރާ ކުންފުނި — މޯލްޑިވިއަން އިން ބުނީ އަލަށް ރާއްޖެއަށް ގެންނަ ދެ ބޯޓަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ދެ ބޯޓު ކަމަށެވެ.

އެންމެ ފަހުގެ އޭވިއޯނިކްސް ވަސީލަތްތައް ހިމެނޭ މި ބޯޓުތަކަކީ އޮޕަރޭޓްކުރަން ފަސޭހަވެފައި މަރާމާތުގެ ހަރަދުތައް ކުޑަ އަދި ބަރުދަން ލުއި ބޯޓުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *