އިންޑޮނީޝިއާއަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ އުތުރު ސުމާތުރާއަށް 6.8 މެގްނިޓުޑްގެ ބާރުމިނުގަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ — މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ މާލެއާ 2،832 ކިލޯމީޓަރު ދުރަށެވެ.
އިންޑޮނީޝިއާގެ އެންޑެ ސަރަހައްދަށްވެސް ރޭ ދަންވަރު ވަނީ ބިންހެލުމެއް އައިސްފަ އެވެ. 7.6 މެގްނިޓިއުޓުގެ ބާރުމިނުގެ މި ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރު 2:58 ހާއިރު އެވެ.




