އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް

އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއްދީފި އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުގެ ދެކުނުގެ ރަށްތަކަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މަދުވެގެން 11 މީހުން ޝަހީދުވެ، 19 މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުން ހޮނިހިރު ދުވަހުގެ ފަތިހު ނަބަތިއްޔާ ޑިސްޓްރިކްޓްގެ އަންސާރާއި ދައިރުއް ޒަހްރާނީއަށް ދިން ހަމަލާތަކުގައި، އަންސާރުން ތިން ކުޑަކުދިން ހިމެނޭހެން ހަތް މީހުން ޝަހީދުކޮށްލާފައިވާއިރު ދައިރުއް ޒަހްރާނީއަށް ދިން ހަމަލާގައި ހަތަރު މީހުން ޝަހީދުކޮށްލާފައިވެ އެވެ.

ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބައްރީ، އިޒްރޭލުގެ މި އަމަލުތަކަކީ "ގަތުލުއާންމެއް" ގެ ގޮތުގައި ސިފަކުރައްވާ ވިދާޅުވީ މިއީ ދެކުނު ލުބުނާނުން މީހުން ހުސްކޮށް ފޮހެލުމަށް ހިންގާ "ނެތިކޮށްލުމުގެ ހަނގުރާމަ" އެއް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ހިޒްބުالله އިން ނެރުނު ބަޔާނެއްގައި އިޒްރޭލާއެކު ކުރިއަށްގެންދާ މަޝްވަރާތައް ހުއްޓާލުމަށް ލުބުނާން ސަރުކާރަށް ގޮވާލާފައިވެ އެވެ. އަދި މެދުވެރިއަކަށް އެމެރިކާއަށް ބަރޯސާވުން ހުއްޓާލުމަށްވެސް ގޮވާލާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *