ބޭންކިންގެ އިސް މަގާމުތަކުގެ 80 ޕަސެންޓް ދިވެހިންނަށް ހާއްސަކުރަނީ

ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށް ދެއްވި މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް މަގާމުތަކުގައި މިހާރު ތިބީ ބޭރު މީހުން ކަމަށެވެ.

މުނައްވަރު ވިދާޅުވީ ބޭންކްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބި ނިސްބަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20 ޕަސެންޓް ނުވަތަ އެއަށްވުރެވެސް ތިރިކޮށް މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ކަނޑައެޅުމަކީ އަމާޒެއް ކަމަށެވެ.

މިކަން ހާސިލުކުރުމަށް ޒުވާހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *