އިޒްރޭލުގެ އާންމުން ފަލަސްތީނުގެ އެމްބިއުލާންސަކަށް ހަމަލާދީފި

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާންމުން ފަލަސްތީނުގެ އެމްބިއުލާންސަކަށް ހަމަލާދީފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ ޖަމިއްޔާގެ އެމްބިއުލާންސަކަށް ހުރަސް އަޅައި ހަމަލާ ދިނީ ބަލިމީހަކު ގޮވައިގެން ދަތުރުކުރަނިކޮށެވެ.

އެމްބިއުލާންސަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ އާންމުކޮށްފަ އެވެ.

އިޒްރޭލުގެ އާންމުން މި އެމްބިއުލާންސަށް ހުރަސް އަޅައި އެއްޗެހި އުކާ މަންޒަރުވެސް މި ވީޑީއޯއިން ފެނެ އެވެ.

މިއީ ރެޑް ކްރެސެންޓްގެ ޓީމުން ކުރަމުންދާ އިންސާނީ ހިދުމަތްތަކަށް ހުރަސް އެޅުން ކަމަށާޢި މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަދި ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *