ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް، ރަށްވެއްސަކަށްވާނަމަ ހަދިޔާއެއް

ފ. ބިލެތްދޫގެ ރަށްވެއްސަކަށް ވާނަމަ އެލަވަންސެއް ދިނުމަށާއި އެރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް ނަގަން ބިލެތްދޫ ކައުންސިލުން ނިންމައިފި އެވެ.

ބިލެތްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބިލެތްދޫ ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ ރަށްވެހިކަމުން ވަކިވާ ކޮންމެ މީހެއްގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށެވެ. އަދި އެހެން ރަށެއްގެ ދަފްތަރުން ވަކިވެގެން ބިލެތްދޫގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ކޮންމެ މީހަކަށް 2500 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ބައެއް ރަށްތަކުގެ އާބާދީ މަދުވަމުންދާތީ އެފަދަ ރަށްރަށުގެ ދަފްތަރުން އުނިކުރުމަށް ހުށަހަޅާއިރު ފީއެއް ނެގުމަކީ މިހާރަކަށް އައިސް ބައެއް ކައުންސިލުންތަކުން އަމަލުކުރަމުންދާ އުސޫލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *