އޮޔާ ދިޔަ ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބަކަށް މިރޭ އުރިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި ތެޔޮ ބޯޓު އުރިފައިވަނީ މިރޭ މާލެ ސަރަހައްދަށް ޖެހުނު ގަދަވަޔާއެކު ނަގިލި ކަހާލައިގެންނެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ބޯޓު ނަގަލި ކަހާލައިގެން އައިސްފައިވަނީ އުތުރުފަރާތުންނެވެ.
ބޯޓު އައިސް ލައްވީ ފުރަތަމަ ބްރިޖްގެ ތަނބަކަށެވެ. ބޯޓު ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެ އެވެ.




