ފިރިމިހާ އާއިއެކު ވަކިން ދިރިއުޅުމުގެ އުފާވެރިކަން!

ފިރިމީހާގެ ޢާއިލީ ގޭގައި ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން އަނބިމީހާ ބޭނުމެއް ނުވެއެވެ. ނަމަވެސް ފިރިމީހާގެ ޢާއިލާއިން ބޭނުންވަނީ އެކުގައި އުޅެންނަމަ ފިރިމީހާ ޢަމަލުކުރަން ޖެހޭނީ ކޮން ގޮތަކަށްތޯ؟ ޤަބޫލުކުރަންޖެހޭނީ ކާކުގެ ބަހެއްތޯ؟

މިޙާލަތުގައި ފިރިމީހާ ޢަމަލުކުރަންޖެހޭނީ އަނބިމީހާ ބޭނުންވާނެ ގޮތަށެވެ. އެހެނީ އެހެން މީހުންގެ އުނދަގޫ ނުފޯރާނެ ގޮތަށް އަނބިމީހާއަށް ބޯހިޔާޗވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.

މިޙާލަތުގައި އަނބިމީހާ ދިރިއުޅޭތަނަށް އެހެން މީހުންނަށް އެމީހުންހައި އިރަކު (އަނބިމީހާގެ ހުއްދަނެތި) ނުވަދެވޭނެ ގޮތަށް ހަމަޖައްސައިދޭންޖެހޭނެއެވެ. ވަކިން ތަނެއްގައި ދިރިއުޅުމުގެ ފެންވަރު ނެތްނަމަ ޢާއިލާގެ ގޭގައިވެސް އެކަން ހަމަޖައްސައިދޭންޖެހޭނެއެވެ.

މިޙާލަތު ގިނަ ފަހަރަށް ކުރިމަތިވަނީ ފިރިމީހާގެ ޢާއިލާގެ ތެރެއިން ދިމާވާ ކަްނަކމުގެ ސަބަބުންނެވެ. ވީމާ ކުދި ގެތަކުގައި ދިރިއުޅޭނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ މައްސަލަތައް ނުޖެހި އެކުގައި ދިރިއުޅެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. ބޭރުން ގެނެވުނު އަންހެނަކަށްވާތީ އޭނާއަށް ހެޔޮކޮށް ހިތައި އޭނާއަށްވެސް ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ކުރުމެވެ. އެކުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ.

 

– ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *