ހޮލީވުޑް ޒުވާން ބަތަލާ ހޭޑަން މަރުވެއްޖެ

ޓީވީ ސީރީޒްތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބަތަލާ ހޭޑަން ޕެނެޓިއޭ ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ހޭޑަން މަރުވިިކަން އިއުލާންކުރީ އޭނާގެ ބައްޕަ ސްކިޕް ޕެނެޓިއޭ އޭބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.

އެމެރިކާގެ ސައުތުކެރޮލިނާގެ ގްރީންވިލްގައި ހުންނަ އެޕާޓްމަންޓެއްގައި ހޭޑަން މަރުވެފައި އޮއްވާ ފެނުނީ އާދިއްތަ ދުވަހު އެވެ.

ފުލުހުން ބުނާ ގޮތަށް ހޭޑަންގެ މަރުގައި ޝައްކުކުރެވޭ ގޯސްކަމެއް ފެންނާކަށް ނެތެވެ.

އުމުރުން 36 އަހަރުގައި މަރުވި ހޭޑަންގެ މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި "ހީރޯސް" އަދި "ނޭޝްވިލް" ހިމެނެ އެވެ.

ހޭޑަންގެ ކޮއްކޮ — ޖޭންސަން ވެސް އުމުރުން 28 އަހަރުގައި 2023 ވަނަ އަހަރު ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *