ކިނބޫ ހިފާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސިފައިން ނުކުމެ ރިސޯޓެއް ކައިރިން ފެނުނު ކިނބޫ މިއަދު ހިފައިފި އެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މާލެ އަތޮޅު ވަރު- ބައި އެޓޮމޮސްފެއަރ ކައިރިން ފެނުނު ކިނބޫ  ހިފައި، އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެެވެ.

އެ ކިނބޫއަށް ހަދާނެ ގޮތެއް އަދި އެމްއެންޑީއެފްއިން ނުބުނެ އެވެ. ނަމަވެސް އާންމުކޮށް އެމްއެންޑީއެފްއިން އަމަލުކުރާ އުސޫލަކީ ރާއްޖެ ނާދެވޭހާ ދުރަށް  ކިނބޫތައް ކަނޑަށް ދޫކޮށްލުމެވެ.

މިދިޔަ އަހަރު ށ. ފުނަދޫ ކައިރީގައި އޮންނަ ފަޅު ރަށަކުން ވެސް ކިނބުލެއް ފެނުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *