މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާންގައި ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ގަލޮޅު ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށެވެ.
މި ޕާކް ތަރައްގީކުރަން ނިންމާފައިވަނީ 3އޮން3 ބާސްކެޓް ބޯލް ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ހިމެނޭ ގޮތަށެވެ.
މީގެ އިތުރުން މި ޕާކްގައި އައުޓް ޑޯ ޖިމަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.
މި ޕާކްގައި ޕްލާޒާއަކާއި ރާޒުވާ ކުޅެވޭ ގޮތަށް ސަރަހައްދެއް ތަރައްގީކުރަންވެސް ވަނީ ނިންމާފަ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 8 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އަގު ހުށަހަޅަންޖެހެ އެވެ.




