ޕްލާސްޓިކް ކޮތަޅު ފީ އިން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.
ADS BY OOREDOO
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ދައުލަތަށް ލިބުނީ 2.1 މިލިއަން ރުފިޔާ އެވެ.
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ހަތަރު މިލިއަން ރުފިޔާ ލިބުނެވެ. މިއީ 1.9 މިލިއަން ރުފިޔާ — 46 ޕަސެންޓް މަދުވުމެކެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ނަގާ ފީ އެކެވެ.
މި ފީ ނަގަން ފެށީ އެޕްރީލް 18، 2023 އިން ފެށިގެންނެވެ.
ފީ ގެ ގޮތުގައި ނަގަންޖެހެނީ ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާ އެވެ.




