އެޗްޑީސީގެ ޗެއާމަނަކަށް ޝަހީރު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ޝަހީރު އެންމެ ފުރަތަމަ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ފެބްރުއަރީ 8، 2024 ގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. ވަކިކުރި ސަބަބެއް މިއަދާ ހަމައަށްވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހްމަދު ނާސިފް މިދިޔަ މާޗް މަހުގެ ތެރޭގައި ވެމްކޯގެ ޗެއާމަންގެ މަގާމަށް ބަދަލުކުރެއްވުމުންނެވެ.

ޝަހީރަކީ މިސަރުކާރުން އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާ އެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މިސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު އެވެ.

ޝަހީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓެރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *