ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިޔަކު މަރުވެއްޖެ

ފީނަން ފައިބައިގެން އުޅެނިކޮށް ފަތުރުވެރިޔަކު މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

އދ. އަތޮޅުގެ ރިސޯޓެއްގެ ފުއްޓަރު ފަރާތުގައި ފީނަނިކޮށް މަރުވީ އުމުރުން 47 އަހަރުގެ އެމެރިކާގެ ފަތުރުވެރިޔަކު އެވެ.

މިމައްސަލަ މިދިޔަ މިދިޔަ އާދިއްތަ ދުވަހު މެންދުރު 12:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގެ ކައިރީގައި ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިދިޔަ ހަފްތާ ފުލުހުން ހާމަކުރި މައުލޫމާތުތަކަކަށް ބަލާއިރު ފާއިތުވި ފަސް އަހަރު ރާއްޖޭގައި މޫދުގައި ހިނގި ތަފާތު ހާދިސާތަކުގައި 112 ފަތުރުވެރިޔަކު މަރުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *