ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އިތުރު 34 ފަރާތަކަށް ދޫކޮށްފި

މިހާރު އަމަލުކުރަމުންދާ ބޭރު ފައިސާއާއި ބެހޭ ގާނޫނުގެ ދަށުން 34 ފަރާތަކަށް ލައިސަންސް ދޫކޮށްފި އެވެ.

އާ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހިދުމަތް ދެވޭނީ އަލުން ރަޖިސްޓްރީކޮށްގެންނެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އިން ބުނީ އަލަށް ލައިސަންސް ދޫކުރި 34 ފަރާތުގެ ތެރެއިން 29 ފަރާތަކަށް ޓިއާ 1 ލައިސަންސް އަދި ފަސް ފަރާތަކަށް ޓިއާ 2ގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.

ޓިއާ 1 ލައިސަންސަކީ ބޭރު ފައިސާ ގަނެ ވިއްކުމަށް ވިޔަފާރިތަކަށް ދޫކުރާ ލައިސަންސެކެވެ. ޓިއާ 2 ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރު ފައިސާ ވިއްކަން ދޫކުރާ ލައިސަންސެކެވެ.

މިހާރު އަމަލުކުރަމުންދާ ބޭރު ފައިސާއާއި ބެހޭ ގާނޫނުގައިވާ ގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހިދުމަތް ދެވޭނީ އަލުން ރަޖިސްޓްރީކޮށްގެންނެވެ.

އެމްއެމްއޭ އިން އަލަށް ލައިސަންސް ދޫކުރި 34 ފަރާތަކާ އެކު ކުރިން ލައިސަންސް ދޫކޮށްފައިވާ 28 ފަރާތަކަށްވެސް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދެވޭ ގޮތަށް އެމްއެމްއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

އެމްއެމްއޭ އިން އާ ގާނޫނުގެ ދަށުން މިދިޔަ އަހަރު އެކުލަވާލި އާ ގަވައިދުގައި ވަނީ ވިޔަފާރި ބެލެހެއްޓުން ޒަމާނީކޮސް ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއްވެސް ކަނޑައެޅާފަ އެވެ. އާ ގަވައިދު އެކުލަވާލުމާ ހަމައަށް އަމަލުކުރަމުން ދިޔައީ 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ ގަވައިދަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *