އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ: އެމްއެމްއޭ

ރާއްޖެއަށް އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން އެކުލަވާލާފައިވާ ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އައީ 1،015،527 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ ޖޫންގެ ނިޔަލަށް 1،108،130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 9.1 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސް ނުވަތަ ބެޑް ނައިޓް ވެސް މިއަަހަރު ވަނީ އިތުރުވެފަ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.2 މިލިއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ އެވެ. އެކަމަކު ސަރުކާރުން ލަފާކުރަނީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރާނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލްއާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ލަފާކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *