މި އަހަރު 81 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި

މި އަހަރުގެ މިހާތަނަށް ސަރުކާރުން 81 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ތިން ލޯނެއް ނަގާފައިވެ އެވެ.

މީގެ ތެރެއިން ދެ ލޯނަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ނަގާފައިވާ ދެ ލޯނެވެ. މި ދެ ލޯނު ނެގީ މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

އައިޑީބީ އިން ނަގާފައިވާ ދެ ލޯނުގެ ޖުމްލައަކީ 64 މިލިއަން ޑޮލަރު (992 މިލިއަން ރުފިޔާ) އެވެ. ފިނޭންސް މިނިސްޓްރީން ހާމަ ކުރި ގޮތުގައި މި ދެ ލޯނު ނަގާފައިވަނީ މަސްވެރިކަމުގެ މަޝްރޫއަކަށެވެ.

ސަރުކާރުން ދެން ނެގި ލޯނަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ނެގި ލޯނެކެވެ. ސައުދީ ފަންޑުން ނެގީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޓެންޝަނަށް މި ލޯނު ނެގީ އެޕްރީލް 14 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *