ޖަރުމަނުން މި އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 6.9 ޕަސެންޓަކީ ޖަރުމަނު ފަތުރުވެރިންނެވެ.
ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ފަސްވަނައިގައި އޮތް ގައުމެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 230,374 ފަތުރުވެރިން
ރަޝިއާ – 174,434 ފަތުުރުވެރިން
އިނގިރޭސިވިލާތް – 132,732 ފަތުުރުވެރިން
އިޓަލީ – 105,379 ފަތުުރުވެރިން
ޖަރުމަނު – 100,546 ފަތުުރުވެރިން
އިންޑިއާ – 83,353 ފަތުުރުވެރިން
އެމެރިކާ – 42,947 ފަތުުރުވެރިން
ފްރާންސް – 40,673 ފަތުުރުވެރިން
ސްޕެއިން – 33,057 ފަތުުރުވެރިން
އޮސްޓްރޭލިއާ – 26,678 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,074,917 ފަތުރުވެރިން — 73.4 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 319,516 ފަތުރުވެރިން — 21.8 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 38,421 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 29,699 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 1,012 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 896 ގެސްޓްހައުސްގެ އިތުރުން 161 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




