ޣައްޒާގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ

ރޯދަމަހާ ބައްދަލުކުރިއިރު ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ އެވެ.

އިއްޒޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގައި ކިރިޔާ ފުދޭވަރުގެ ރޮށިކޮޅެއް ހޯދުމަށްވެސް ކުރަންޖެހެނީ ބުރަ މަސައްކަތެވެ.

އަސާސީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލިފައިވުމުގެ ސަބަބުން ރޯދަވީއްލުމަށް ފުރިހަމަ ކެއުމެއް ތައްޔާރުކުރުމަކީ އާބާދީގެ ބޮޑުބަޔަކަށް މިއަދު އަތްނުފޯރާ ކަމަކަށް ވަނީވެފަ އެވެ.

ޣައްޒާގެ އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އޮކްޓޫބަރު 7، 2023 އިން ފެށިގެން މި ރޯދަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.

އަލްޖަޒީރާއިން ކުރި ދިރާސާއިން ދައްކާ ގޮތުން ކުކުޅު ކިލޯއެއްގެ އަގު ވަނީ 14 ޝެކޭލް (4.49 ޑޮލަރު) އިން 25 ޝެކޭލް (8.01 ޑޮލަރު) އަށް އުފުލިފަ އެވެ.

ގަނޑުކުރި މަސް ކިލޯއެއްގެ އަގު 2.56 ޑޮލަރުން 7.37 ޑޮލަރަށް އުފުލިފައިވާއިރު 30 ބިހުގެ ކުކުޅު ބިސް ކޭހެއްގެ އަގު 4.17 ޑޮލަރުން 11.22 ޑޮލަރަށް އުފުލިފައިވެ އެވެ.

ހަނޑޫ ކިލޯއެއްގެ އަގު 1.92 ޑޮލަރުން 2.88 ޑޮލަރަށް އުފުލުނުއިރު ކިއުކަމްބާ ކިލޯއެއްގެ އަގު 0.96 ޑޮލަރުން 3.85 ޑޮލަރަށް އަދި ޓޮމާޓޯ ކިލޯއެއްގެ އަގު 1.60 ޑޮލަރުން 3.21 ޑޮލަރަށް ވަނީ އުފުލިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *