ރައްދު ދިނުމުގެ ހައްގު އެބައޮތް: ގަތަރު

އީރާނުން މިއަދު ދިން މިސައިލް ހަމަލާތައް ކުށްވެރިކޮށް ރައްދު ދިނުމުގެ ހައްގު އޮތް ކަމަށް ގަތަރުން ބުނެފި އެވެ.

އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް މިއަދު ހަމަލާ ދިނުމުން އީރާނުން ދަނީ ރައްދު ހަމަލާ ދެމުންނެވެ.

އެ ގޮތުން ސަރަހައްދުގައިވާ އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އީރާނުން ވަނީ ގަތަރުގައި ހުރި ވައިގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ދިން ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރައްދު ދިނުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ގަތަރުގެ ސަރަހައްދަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބެލުމެއްނެތި ހިންގި އަމަލެއް ކަމަށެވެ.

މިއީ ގައުމުގެ ސަލާމަތަށް ދިން ސީދާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް މިއީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ ގަތަރު ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *