އީރާނުގެ ތާރީހުގައި ދޭ އެންމެ ވަރުގަދަ ހަމަލާގެ އިންޒާރު ދީފި

އީރާނުގެ ތާރީހުގައި ދޭ އެންމެ ވަރުގަދަ ހަމަލާ ދޭނެކަމުގެ އިންޒާރު އެ ގައުމުން ދީފި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރްސީޖީ) އިން ބުނީ އެ ގައުމުގެ ތާރީހުގައި ދޭނެ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާ ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގެ އަމާޒަކަށް ވާނީ އިސްތިއުމާރުކޮށްފައިވާ ބިންތަކަށާއި އެމެރިކާގެ "ޓެރަރިސްޓް މަރުކަޒު" ތައް ކަމަށް އީރާނުން ބުނެފައިވެ އެވެ.

އިޒްރޭލާއި އެމެރިކާއިން އިއްޔެ އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އެ ސަރަހައްދުގެ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާ ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *