ރާއްޖެއިން ތެލަށް ނުޖެހޭނެ: ސައީދު

ރާއްޖެއިން ތެލަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓްގައި އިއްޔެވެސް ތެލުގެ އަގު 25 ޕަސެންޓާއި 30 ޕަސެންޓަށް އުފުލުނު ކަމަށެވެ.

"އެއްވެސް ކަންބޮޑުވުމެއް ނެތް ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށާއި ރާއްޖެއަށް މުދާ ގެންނަން އިތުރު ރޫޓުތައް ބަލަމުން އަންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *