ލުބުނާންގެ 59 ސަރަހައްދަކުން މީހުން ހުސްކުރަން އިޒްރޭލުން އަންގައިފި އެވެ.
އިޒްރޭލުން ވަނީ ލުބުނާނުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އެ ތަންތަން ދޫކޮށް ދިއުމަށް "ކުއްލި އިންޒާރެއް" ނެރެފަ އެވެ.
އިޒްރޭލުން ބުނާ ގޮތުން މި ސަރަހައްދުތަކަކީ ހިޒްބުﷲ ގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކެވެ.
މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މަދުވެގެން 1،000 މީޓަރު ދުރަށް ދާން އިޒްރޭލުން ވަނީ އަންގާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން މިހާރު ދަނީ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.




