އީރާނަށް 2،000އަށް ވުރެ ގިނަ ހަމަލާ

އީރާނުގެ 2،000އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ޗީފް އެޑްމިރަލް ބްރެޑް ކޫޕާ ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއިން ވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް 2،000 އަމާޒަކަށް ހަމަލާދީފަ އެވެ.

އެ ގޮތުން އީރާނުގެ ކަނޑުގެ 17 އުޅަނދެއް ހަލާކުކޮށްލާފައިވާ ކަމަށާއި މީގެ ތެރޭގައި ސަބްމެރިނެއް ހިމެނޭ ކަމަށް އޭނާ ހާމަކުރި އެވެ.

މި އޮޕަރޭޝަންގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިންނާއި 200 ހަނގުރާމަމަތީ މަތިންދާބޯޓާއި ދެ އެއާކްރާފްޓް ކެރިއަރުގެ އިތުރުން ބޮން އަޅާ ބޯޓުތައް ބައިވެރިވެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ދަނީ އީރާނުގެ މަދަނީ ތަންތަނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެ ގޮތުން ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ދަނީ ހަމަލާ ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *