އެޗްޑީސީ އާއި ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް އެޗްޑީސީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން އިމާން މުހައްމަދު އެވެ.

އެޗްޑީސީ އިން ބުނީ އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގްސަދަކީ، ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ތެލެސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުން ކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެ އެވެ.

އެޗްޑީސީއިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް، މުޖުތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެން ދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *