ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެޗްޑީސީގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށްފި އެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރޯ އަދި ވިނަރެސްގައި ހުރި އެ ކޯޕަރޭޝަންގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
މިއަދުން ފެށިގެން ރޯދަމަހުގެ ފަހު ދިހައަކާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.




