ލުބްނާނުގައި އިޒްރޭލުން ވައިޓް ފޮސްފަރަސް ބޭނުންކޮށްފި

ލުބްނާނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ވައިޓް ފޮސްފަރަސް ބޭނުންކޮށްފި އެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނީ މިމަހުގެ ކުރީކޮށް އިޒްރޭލުން ލުބުނާނުގެ ދެކުނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިޓް ފޮސްފަރަސް ބޭނުންކުރިކަމުގެ ހެކި އެބަހުރި ކަމަށެވެ.

ވައިޓް ފޮސްފަރަސްއަކީ ހަނގުރާމަތަކުގައި ބޭނުންކުރުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރެކެވެ.

އެޗްއާރްޑަބްލިއު އިން ބުނީ މި މަހުގެ 3 ވަނަ ދުވަހު ލުބުނާނުގެ ދެކުނުގެ ޔޮހްމޯރުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވައިޓް ފޮސްފަރަސް ބޭނުންކޮށްގެން ހަމަލާދީފައިވާކަން ހަތް ފޮޓޯއަކުން ކަށަވަރުކުރެވިފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ މަދުވެގެން ދެ ގެއެއްގައި އަލިފާން ރޯވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

ވައިޓް ފޮސްފަރަސްގެ ސަބަބުން މީހުން މަރުވާއިރު މުޅި އުމުރަށް އޭގެ ތަދު ތަހައްމަލު ކުރަންޖެހޭ ފަދަ ނުރައްކާތެރި އަނިޔާތައް ލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *