ވޯލްޑް ކަޕްގައި އީރާނުން ކުޅެންޖެހޭ މެޗުތައް މެކްސިކޯއަށް ބަދަލުކުރަން މަޝްވަރާކުރަނީ

ވޯލްޑް ކަޕްގައި އީރާނުން ކުޅެންޖެހޭ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ފީފާއާއެކު މަޝްވަރާކުރަމުންދާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ވިދާޅުވެއްޖެ އެވެ.

މި ނިންމުން ނިންމާފައިވަނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ވިދާޅުވި އެވެ.

މެކްސިކޯގައި ހުންނަ އީރާނު އެމްބަސީގެ އެކްސް އެކައުންޓް މެދުވެރިކޮށް ތާޖް ވިދާޅުވީ އީރާނުގެ ގައުމީ ޓީމުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްނުދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސާފުކޮށް ވިދާޅުވެފައިވާތީ އެ ގައުމަށް ދަތުރުނުކުރާނެ ކަމަށެވެ. އަދި އީރާނުގެ މެޗުތައް މެކްސިކޯގައި ބޭއްވުމަށް ފީފާއާއެކު ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.

ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. މި މުބާރާތުގައި އީރާން ކުޅެންޖެހޭ ދެ މެޗެއް ކުޅެން ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *