ތެޔޮ ގަތުމަށް ރަޝިއާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ތައިލެންޑުން ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ތައިލެންޑުން ބުނީ ތެޔޮ ގަތުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ރަޝިއާއާއެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.
ތައިލެންޑްގެ ފޮރިން މިނިސްޓަރު ސިހާސަކް ވިދާޅުވީ އެ ގައުމަށް ތެޔޮ ވިއްކުމަށް ތައްޔާރަށް އޮތްކަން ރަޝިއާއިން ހާމަކޮށްފައިވާ ކަމަށެވެ.
ތައިލެންޑަށް ބޭނުންވާ ތެޔޮ ކަށަވަރުކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ގަބޫލުކުރައްވާ ކަމަށް ސިހާސަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައިލެންޑުގައި މިހާރު 95 ދުވަހާއި 100 ދުވަހާ ދެމެދުގެ މުއްދަތަކަށް ބޭނުންވާ ތެޔޮ ރިޒާވްގައި އެބަހުރި ކަމާށާއި ނަމަވެސް ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިގު މުއްދަތަކަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ކުޑަ ކަމަށެވެ.
ތައިލެންޑްގައި ޑީސަލް ލީޓަރެއްގެ އަގު 1.02 ޑޮލަރަށްވުރެ ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރާކަމަށް ތައިލެންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.




