އީރާނުން ސްޓާލިންކް ޑިވައިސްތަކެއް އަތުލައިގަނެފި

ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓާލިންކް ސިސްޓަމްތަކެއް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން އަތުލައިގަނެފި އެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި މި ސިސްޓަމްތަކަކީ އެމެރިކާއާއި އިޒްރޭލުން ސިއްރިއްޔާތުގައި އެ ގައުމަށް އެތެރެކޮށްފައިވާ ތަކެއްޗެވެ.

ދުޝްމަނުންނަށް އެހީވުމަށް ބޭނުންކުރާ މިފަދަ ތަކެތި ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް އިންޓެލިޖެންސް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް އީރާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސްޓާލިންކް ސިސްޓަމްތައް ހޯދުމާއި ބޭނުންކުރުމަކީ ކުށެއް ކަމަށާއި ހާއްސަކޮށް ހަނގުރާމައިގެ ހާލަތްތަކުގައި ދުޝްމަނުންނާ ގުޅިގެން ނުވަތަ އެ ފަރާތްތަކުގެ މަސްލަހަތުގައި މިފަދަ އަމަލުތައް ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެ ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފަ އެވެ. އެހެންވެ ބައެއް މީހުން ދަނީ ސްޓާލިންކް ސިސްޓަމް ބޭނުންކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *