އީރާނުގެ ހަމަލާތައް ހުއްޓާލުމަށް މުސްލިމު 12 ގައުމަކުން ގޮވާލައިފި

އީރާނުގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް މުސްލިމު 12 ގައުމަކުން ގޮވާލައިފި އެވެ.

މިކަމަށް ގޮވާލީ ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ކުރިއަށްދިޔަ ބައްދަލުވުމަށްފަހު ގައުމުތަކުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ.

އީރާންގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލިއިރު އީރާންގެ "ދެކުނު ޕާސް" ގޭސް ދަނޑުތަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ގަލްފް ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބައެއް ގައުމުތަކުގައި ހުރި ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވެ އެވެ.

އީރާންގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލި ގައުމުތައް
ގަތަރު
އަޒަރުބައިޖާން
ބަހްރެއިން
މިސްރު
އުރުދުން
ކުވެއިތު
ލުބުނާން
ޕާކިސްތާން
ސައުދީ އަރަބިއްޔާ
ސީރިއާ
ތުރުކީ
ޔޫއޭއީ

ހޮރުމޫޒު ކަނޑުއޮޅިއާ ގުޅޭ ގޮތުން އީރާނުން ދެމުންދާ އިންޒާރުތަކުން ދުރުވުމަށްވެސް މި ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް މި ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *