އިޒްރޭލުން ލައިވް ވަޒަން ބޭނުންކޮށް ފަލަސްތީނުގެ ދެ މީހަކު ޒަހަމްކޮށްލައިފި

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކޮށް ފަލަސްތީނުގެ ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ޖަބާރާ ޗެކްޕޮއިންޓް ކައިރީގައި އިޒްރޭލު ސިފައިން ދިން މި ހަމަލާގައި އަނިޔާވި ދެ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުންޏެވެ.

މި ހަމަލާގައި އަނިޔާވި ފުރަތަމަ މީހާއަކީ އުމުރުން 53 އަހަރުގެ މީހެކެވެ. އޭނާގެ ކަންދުރާއަށާއި މޭމައްޗަށް ވަނީ ވަޒަން އަރާފަ އެވެ. ދެވަނައަށް ޒަހަމްވި އުމުރުން 54 އަހަރުގެ މީހާގެ ފަޔަށް ވަނީ ވަޒަން އަރާފަ އެވެ.

މި ދެ މީހުންނަށްވެސް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *