ޔަމަނުގެ ހޫތީން އިޒްރޭލަށް ހަމަލާދީފި

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށިތާ މަހެއް ފަހުން، ޔަމަނުގެ ހޫތީން ފުރަތަމަ ފަހަރަށް އިޒްރޭލަށް ހަމަލާދީފި އެވެ.

ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީން މި ހަނގުރާމައިގެ ތެރެއަށް ވަދެ 24 ގަޑިއިރުގެ ތެރޭގައި ދެ މިސައިލް ފޮނުވާލާފައިވެ އެވެ. މީގެ އިތުރުން ޑްރޯން ހަމަލާތަކެއްވެސް ދީފައިވެ އެވެ. އިޒްރޭލުން ވަނީ މި ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ.

ހޫތީން ވަނީ ފަލަސްތީނާއި ލުބުނާނާއި އިރާގުގެ އިތުރުން އީރާނަށް ތާއީދުކޮށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ޣައްޒާގެ ނަސްތު ނައްތާލުމުގެ ހަނގުރާމަ ހިންގި ދުވަސްވަރު ރަތްކަނޑުން ދަތުރުކުރާ އިޒްރޭލުގެ އުޅަނދުތަކަށް ހޫތީން ހަމަލާދީފައިވެ އެވެ. ހޫތީން ހަނގުރާމައަށް ވަދެފައިވާއިރު ރަތްކަނޑުގެ ދަތުރުތަކަށް ހުރަސް އަޅާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *