އިޒްރޭލުގެ ރާޑަރު މަރުކަޒާއި އެއާޕޯޓަށް އަމާޒުކޮށް ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑާއި އީރާނުގެ އަސްކަރިއްޔާ އަދި އީރާންގެ ބައިވެރިން ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ރޭ ވަރުގަދަ ހަމަލާތަކެއްދީފައިވާ ކަމަށް އީރާނުގެ ޓީވީތަކުން ބުނެފައިވެ އެވެ.
އައިއާރުޖީސީން ބުނީ އިޒްރޭލާއި އެމެރިކާއާ ގުޅުންހުރި މަރުކަޒުތަކަށް ހަމަލާ ދިނުމަށް ދުރުރާސްތާގެ މިސައިލާއި މެދުރާސްތާގެ މިސައިލްގެ އިތުރުން ޑްރޯން ބޭނުންކުރި ކަމަށެވެ.
މީގެ އިތުރުން އެމެރިކާގެ އެމްކިއު9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށާއި އެފް-16 ޖެޓަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފައިވެ އެވެ.
އީރާނުން ބުނީ ހައިފާގައި ހުންނަ އިޒްރޭލުގެ އަސްކަރީ އެއިރޯސްޕޭސް ކޮމްޕްލެކްސްގެ އެލްޓާ ކުންފުނީގެ އިލެކްޓްރޯނިކް ވޯފެއާ އަދި ރާޑަރު މަރުކަޒަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން ޑޭވިޑް ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ތަނަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށްވެސް އީރާނުން ބުނެ އެވެ.




