ރާއްޖޭގައި ސްޕިއާ ފިޝިންއަށް ހުއްދަ ދޭން ނިންމައިފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ފާއިތުވި 40 ވަރަކަށް އަހަރުގެ ތެރޭގައި މަނާކޮށްފައި އޮތް ސްޕިއާ ފިޝިންއަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ ސްޕިއާ ފިޝިން ގަވާއިދާއެކު އަންނަ މަސްތެރޭގައި އެކަމަށް ހުޅުވާލާނެ ކަމަށެވެ.
ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ގޮތުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު ޑައިވްކުރެވެނީ 30 މީޓަރަށެވެ.
މިކަމަށް ހުޅުވާލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.




