ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން — ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
ސައުދިއާގެ ފްލައިޓުން އިއްޔެ ރާއްޖެ އައި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެ ގޮތުން ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ މާޗް 30، 2016ގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ސައުދިއާ އިން ހަފުތާއަކު ފަސް ފްލައިޓް ރާއްޖެއަށް ބާއްވަ އެވެ.




