ވ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް

ވ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ނިންމައިފި އެވެ.

މި އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވަނީ ވ. ދިއްގަރު ފަޅުގެ ދެކުނު އިރުމަތީ ބިތުގައި "އަމަން އިންޓަނޭޝަނަލް ޕްރައިވެޓް އެއާޕޯޓް" ނުވަތަ ވ. އިންޓަނޭޝަނަލް ޕްރައިވެޓް ޖެޓް އެއާޕޯޓްގެ ގޮތުގަ އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީކުރުމަށް ގާތްގަނޑަކަށް 134 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މި އެއާޕޯޓް ތަރައްގީކުރަނީ 2،400 މީޓަރު ދިގު އަދި 46 މީޓަރު ފުޅާ ރަންވޭއަކާއެކުގަ އެވެ.

މި އެއާޕޯޓް ތަރައްގީކުރާ ސަރަހައްދާ 4.5 ކިލޯމީޓަރު ދުރުގައިވާ ވ. ހިންގާކުޅި ފިނޮޅަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އަދި ބިން ހިއްކާ ސަރަހައްދާއި އެއް ކިލޯމީޓަރު ހުޅަނގުގައިވާ ފިނޮޅުތަކަކީ ދޫނި އަރާ އުޅޭ ސަރަހައްދުތަކެކެވެ.

މި މަޝްރޫއުގެ ސަބަބުން ދޫނިސޫފާސޫފިތަކަށް ކުރާނެ އަސަރު ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން 1 ހެކްޓަރުގެ މަސްނޫއީ ރަށެއް ދޫނިތަކަށް ހާއްސަކޮށްގެން ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *